ދިއްލީގެ ތާރީހީ ރެޑްފޯޓް ސަރަހައްދުގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ހިންގާ ތަހުގީގުގައި ހުރިހާ ދިމާލަކަށް ވެސް ތަހުގީގު އަމާޒު ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް ދެއްވައިފިއެވެ.
މި ހާދިސާއަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބަލައި، ތަހުގީގު ހަރުދަނާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ އިދާރާތަކުން ވަނީ ވަގުތުން އަމަލުކުރަން ފަށާފައެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އަމިތު ޝާޙް ވިދާޅުވީ، ތަހުގީގަށް އެއްވެސް ފުރުސަތެއް ދޫކޮށްނުލާނެ ކަމަށާއި، ހާދިސާގެ ފަހަތުގައިވާ ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ހުރިހާ ފުރުސަތެއް ބަލަމުން. އަދި ހުރިހާ ކަމެއް ހިމެނޭނެ ފަދަ ފުރިހަމަ ތަހުގީގެއް ހިންގާނެ. ހުރިހާ ގޮތެއް ވަގުތުން ތަހުގީގު ކުރެވޭނެއެވެ. އަދި ނަތީޖާ އާންމުންނަށް ހުށަހަޅާނަން،" އަމިތު ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން ހޯމް މިނިސްޓަރު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވެސް ޒިޔާރަތްކުރައްވައި، ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބައްލަވާލައްވާފައެވެ. މީގެ އިތުރުން ގޮވުމުގައި ޒަހަމްވި ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ވެސް އޭނާ ޒިޔާރަތްކުރެއްވިއެވެ.
އަށް މީހުން މަރުވި މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ސަލާމަތީ ބާރުތަކުން މިހާރު ދަނީ އެއްކުރަމުންނެވެ. މި ތަހުގީގު ހިންގުމުގައި ގައުމީ ސަލާމަތާ ބެހޭ އެކި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ