ދިވެހިން ފަހުރުވެރިވާނޭ ފަދަ ތަރައްގީގެ ދުވަސްތަކެއް ގައުމަށް ހޯދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖުމްހޫރީ ދުވަހުގެ އިހްލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ވަނީ ދިވެހި ގައުމަށް ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާކުރައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތް ރަސްކަލާނގެ ޙަޟްރަތުން ވާގި އެދިތިބެ، އިހްލާސްތެރިކަމާއެކު ކަމަށެވެ.
ރައީސް ވަނީ ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ. އަދި ވިދާޅުވެފައިވަނީ، ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއް ދިވެހި ގައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ރާއްޖޭގައި ޖުމްހޫރިއްޔަތު އިޢުލާނުކުރީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅުއްވައި، އެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އާދެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ