ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ވެފައިވާގޮތަށް ފުއްދަމުންދާނެ ކަމަށެވެ. މިއަދާ ހަމައަށް އައިއިރުގައިވެސް، އެމަނިކުފާނު މަސައްކަތް ކުރަމުން އައީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ތަފްސީލުތަކަށް ނުދިޔަސް ޖުމްލަކޮށް މި ދެންނެވީ، ރައްޔިތުންނަށްވީ ހުރިހާ ވައުދަކީ، އަޅުގަނޑުގެ ޒިންމާއެކޭ އެ ވައުދުތައް ފުއްދުން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި، ރައްޔިތުންނަށްޓަކައި އެއް އަމާޒެއްގައި މަސައްކަތްކުރަމުންދާނަމަ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.
"އަޅުގަނޑު ކަންކަން މިނަނީ ނަތީޖާއިން. އަޅުގަނޑު ރައްޔިތުންނަށްވީ ވައުދުތައް ފުއްދެނީ ކިހާވަރަކަށްތޯ ބަލައި، އެ ނަތީޖާ އެއީ، އަޅުގަނޑު ކަންކަން މިނާ ގޮތަކީ. ގެންގުޅޭ މިންގަނޑަކީ. އިރާދަކުރެއްވީތީ މިއަދާ ހަމައަށް އައިއިރުގައި، އެ މަސައްކަތް އެގޮތަށް ކުރެވޭތޯ ބަލަމުން މި އައީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ