ކ. ކާށިދޫ ފަރަށް އެރި އެރަށު “ފައިސަލާ” ނަމަކަށް ކިޔާ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ.
ގެއްލުނު މީހާ ފެނިފައިވަނީ ބޯޓު ފަރަށް އެރި ސަރަހައްދުގެ ފަރުމަތިންނެވެ. އޭނާ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށް މައުލޫމާތު ލިބެއެވެ.
މި ބޯޓު ފަރަށް އެރިއިރު ޖުމްލަ 11 މީހުން ތިއްބެވެ. އެއީ 5 ދިވެހިންނާއި 6 ބިދޭސީންނެވެ.
މި ހާދިސާ ހިނގި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ