ތުރުކީވިލާތުގެ އަސްކަރީ އުޅަނދެއް ވެއްޓި، ހިނގާދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށާއި، އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
އެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި މެސެޖުގައި ވަނީ، އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، އެފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށާއި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުއާކުރައްވާފައެވެ.
އަދި މިހާދިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމަށް ތުރުކީވިލާތުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަށް އެމަނިކުފާނު އެދިވަޑަގެންފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެ، ތުރުކީވިލާތުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކުގައި ތިބިކަން ހާމަ ކުރައްވަމުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ