ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއާ ގުޅިގެން، އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ބަދަލުކޮށް، ބައެއް މަގުތައް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.
މި ބަދަލުތައް އަންނާނީ މިއަދު އިރުއޮއްސި 6:00 އިން ފެށިގެން، ޖަލްސާ ނިމެންދެނެވެ.
ފުލުހުން މިކަން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެއެވެ.
ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދު
ޓްރެފިކަށް ބަދަލު އަންނާނެ ސަރަހައްދުތައް ފުލުހުން ވަނީ ވަކިވަކިން ފާހަގަކޮށްފައެވެ. އެގޮތުން، މާލޭގެ މައި މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގުގެ ބައެއް ވަނީ އެއްކޮށްހެން ބަންދުކޮށްފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ބައެއް އެހެން މަގުތައް ވެސް ވަނީ ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ޕީއެންސީގެ މި ޖަލްސާއަކީ ސަރުކާރަށް ދެ އަހަރު ވާތީ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މާލެއަށް އައިސްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ