ޔޫރަޕްގައި ބާއްވާ "އައި އެމް މޯލްޑިވްސް ރޯޑްޝޯ"ގައި ތޮއްޑޫގެ 14 ގެސްޓްހައުސް ގުޅިގެން އެ ރަށް ޕްރޮމޯޓުކުރަން ތައްޔާރުވެއްޖެއެވެ.
މި ރޯޑްޝޯ ކުރިއަށް ގެންދާނީ މެދު އަދި އިރުމަތީ ޔޫރަޕްގެ ޕޮލެންޑްގެ ވާސޯ އަދި ރޯމޭނިޔާގެ ބުކަރެސްޓް، އަދި ޗެކްރިޕަބްލިކްގެ ޕްރާގައެވެ.
ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހަށް ކުރިއަށް ގެންދާ މި ރޯޑްޝޯ ތޮއްޑޫ ގެސްޓްހައުސްތަކާ އެކު، ރިސޯޓުތަކާއި ހޮޓާތަކާއި ލައިވްބޯޑްތަކާއި ޓްރެވަލް އެޖެންސީތަކުގެ 26ފަރާތެއް ބައިވެރިވެއެވެ.
މި އިވެންޓުގެ މަގުސަދަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސެންޓްރަލް އެންޑް އީސްޓަރން ޔޫރަޕިއަން (ސީއީއީ) މާކެޓް-ގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމެވެ.
ޝޯރލައިން ގްރޭންޑް ތޮއްޑޫގެ ސީއީއޯ އަދި މެނޭޖިންގ ޕާޓްނަރ އަލްއުސްތާޛާ ޒުލައިޚާ އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ ތޮއްޑޫ ގެސްޓްހައުސްތައް އެއް ބްރޭންޑް އައިޑެންޓިޓީއެއްގެ ދަށުން އެއްބައިވަންތަ ކުރުމަށް އޭނާ ކުރި ދެވަނަ ބޮޑު މަސައްކަތެވެ. މިދިޔަ އަހަރު ހަމަ މިގޮތަށް އަޒްބައިޖާން އަދި ޖޯޖިޔާގައި ބޭއްވި ރޯޑްޝޯގައިވެސް ތޮއްޑޫވަނީ އިޝްތިހާރުކޮށްފައެވެ.
"އެކީގައި ތިބެ، ތޮއްޑޫ މޯލްޑިވްސް ޕްރޮމޯޓް ކުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް،" ޒުލައިޚާ ވިދާޅުވިއެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ބާއްވާ މިފަދަ އިވެންޓްތަކުގައި ބައިވެރިވާ މައިގަނޑު އެއް ސަބަބަކީ އެ އެސޯސިއޭޝަނުން ގެސްޓުހައުސްތަކުގެ އިހްސާސްތައް ދަނެތިބެ ނުހަނު ގާތުން އިންތިޒާމުތައް ހަމަޖައްސައިދޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ މުއްސަނދި ސަގާފަތާއި، ރަށްފުށުގެ ރީތި ދިރިއުޅުމާއި ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ގިނަ ބަޔަކު ދަންނަ ތޮއްޑޫއަކީ މިހާރު އެއް ރަށެއްގައި އެންމެ ގެސްޓުހައުސް ގިނަ އެއް ރަށެވެ.
ތޮއްޑޫގައި މިހާރު 75 ގެސްޓްހައުސް ރަޖިސްޓަރކޮށް ހިންގާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަންމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގަޑިއިރަކުން ދެވޭ ތޮއްޑޫއަކީ މިހާރުވެސް ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބްޓިކް ހޮޓެލް ފެންވަރަށް ހަދާފަ ގެސްޓްހައުސް ގެ ތަސައްވުރު ދުނިޔެއަށް ދެއްކީމަ އެއިން ދޭހަ ވަނީ އަހަރަމެން ގެ ވިސްނުން ހުރީ މަތިން ތިރިޔަށް ކަން. ތިކަމުން އެކަށީގެންވާ ފައިދާ އެއް ނެރެވޭނީ ބްރޭންޑިން ރަނގަޅު ކޮށް ރަނގަޅު ޕްލޭން އެއް އޮވެގެން.
ގެސްޓް މީހާ