އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހަށް ފޮނުވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ބިލުގައި ބުނެފައިވާ ގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެ ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ނުވަތަ ބެލެހެއްޓުމުގެ ދަށުގައިވާ މުދުލާއި ފައިސާ ސަރުކަރަށް ބަދަލުވާނެއެވެ.
މީގެ އިތުރުން ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދަކީ ތިނެކެވެ. އަދި 2،000 ވުރެ ގިނަ އާބާދިތަކުގެ ރަށު ކައުންސިލް މެމްބަރުންގެ އަދަދަކީ ފަހެކެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކުދި އާބާދީތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އެއް ގޮނޑި އަންހެނަކަށް ހާއްސަ ކުރަންވާނެއެވެ. އަދި ބޮޑެތި އާބަދީތަކުގެ ކައުންސިލްތަކަށް އިންތިހާބު ކުރާ ދެ މެމްބަރުންގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންވާނެއެވެ.
އަލަށް ހުށަހަޅާފައިވާ ބިލުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ މައްޗަށް ގައުމީ އިދާރާތަކުގެ ބާރު ހިނގާނެ ގޮތަށް އިސްލާހުތަކެއް ވަނީ ހުށަަހަޅާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ