ފާއިތުވެދިޔަ ހަފްތާއެއްގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ދަނީ ފެންނަމުންނެވެ. ނަމަވެސް މިއީ ކޮންކަމަކާއި ގުޅޭ ވީޑިއޯއެއް ކަމެއް ނޭނގެއެވެ.
ވީޑިއޯއިން ފެންނަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތައް އެންމެން ވެސް އަތުގެ މުލައްދަނޑިއާ ހަމައަށް އަތުކުރި އޮޅާތަނެވެ. މި ކެމްޕެއިން އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ ގައުމީ ކެމްޕެއިނެއް ކަމަށެވެ.
މި ވީޑިއޯތަކުގައި މަޤްބޫލު ބައެއް ޝަހްސިއްޔަތުތަކާއި، ޔުނީފޯމް އެޅި ބައެއް އިދާރާތަކުގެ މުވައްޒަފުން ވެސް އަތުކުރި އޮޅާތަން ފެނެއެވެ. އޭގެތެރޭގައި ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފާއި ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވެސް ހިމެނިވަޑައިގަންނަވައެވެ.
މި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ގައުމީ ޔުނިވާސިޓީގެ ދަރިވަރެއް ކަމުގައިވާ ޝަފްރާޒް އަހުމަދު ވިދާޅުވީ މި ކެމްޕެއިނަކީ "މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން" ކިޔަވަމުންދާ އެ ޔުނިވާސިޓީގައި ދަރިވަރުންތަކެއް އިސްވެ ހިންގާ ހަރަކާތެއް ކަމަށާއި ވަރަށް އަވަހަށް އެ ކެމްޕެއިންގެ މަގުސަދު ހާމަވެގެންދާނެ ކަމާށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ