ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ ބަދަލަށް އިތުރު އިސްލާހެއް ހުށަހަޅައިފިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އެ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ އެމީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން ނަގާ އާއްމު ވޯޓެއްގައި އެމީހަކު ނުވަތަ އެ މެންބަރަކު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
އެފަދަ މެންބަރަކު މެންބަރުކަމުން ވަކި ކުރުމާއި ދެކޮޅަށް އެ މެންބަރަކު އިންތިހާބު ކުރި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ މެންބަރަކު މަޖިލީހުގައި ތަމްސީލުކުރާނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ހައިސިއްޔަތު ކަމަށް ޝުޖާއު ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
އެހެންނަމަވެސް އެ ދައުރުގެ ތެރޭގައި އެ މެންބަރަކު އެހެން ސިޔާސީ ޕާޓީއަކަށް ސޮއި ކުރައްވައިފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލިގެން ދާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
ޕާޓީ ބަދަލުކޮށްފިނަމަ، މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޤާނޫނު އަސާސީ އާއި ހިލާފް މާއްދާއެއް. ސިޔާސީ ޕާޓީގައި އުޅުމުގެ ހައްޤު ކޮންމެ މީހަކަށް ލިބިގެންވޭ.
މުހައްމަދު