ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި އެޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާއި ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމެލީ ކޯޓުން ކަނޑައަޅައިފިއެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ރައީސް ދަރިކަލަކާ ގުޅުވައިގެން ވާހަކަ ދެއްކި ކަމަށް ބުނެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ދައުވާ ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށެވެ.
މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ވަނީ މަންދީ ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ އަބުރަށް ގެއްލުންވި ކަމަށް ނިންމައިފައެވެ.
ފެމެލީ ކޯޓުން މިއަދު އިއްވި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަންދީ އާއި އަހުމަދު ސަލީމް (މާޒް) ދެއްކެވި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަމާއި އަބުރަށް ގެއްލުން ލިބިފައިވާކަން ވަނީ ކަނޑައެޅިފަ އެވެ.
އަދި މި ވާހަކަތައް ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ، އެމްޑީޕީ އާއި ފައްޔާޒް އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ. އެހެންކަމުން، ފަސްޓްލޭޑީއަށް އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ