ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް އެ މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 4 ވަނަ ދުވަހުން ފެށިގެން މާޗު 3 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.
އެ މަޝްރޫއު އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ނުވަތަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. ހައުސިން މިނިސްޓްރީން ބުނީ އެއްފަހަރާ ދެ ބަޔަށް ވެސް ކުރިމަތިލުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން، މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށާއި މާލޭ ރައްޔިތުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއުގެ ދަށުން ޖުމްލަ 7،500 ފްލެޓް ދޫކުރުމަށް ނިންމާފައެވެ.
ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން، 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާނެއެވެ. އެ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ