ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުން މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ފައިސަލް އެ މަގާމަށް ހަމަޖައްސަން ޖޭއެސްސީން ނިންމީ އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުންނެވެ. ނަމަވެސް ރަސްމީކޮށް ފައިސަލް އެ މަގާމަށް ހަމަޖައްސައިފައެއް ނުވެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް އިސްތިއުފާ ދެއްވެވީ މިއަދުއެވެ. އެހެންކަމުން ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލްއާ ހަވާލުކުރަން މިއަދު ބޭއްވި ޖޭއެސްސީން ވަނީ ނިންމައިފައެވެ.
ފަނޑިޔާރު ޖަމީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ