މިދިޔަ އަހަރުގެ ޑިސެންބަރު 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރުން މަނާކުރި ފަހުން، 53،300 ވޭޕް ސާމާނުތައް ހިފަހައްޓައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރާ ސާމާނު އެތެރެކުރުން މަނާކުރުމާ ގުޅިގެން، އެފަދަ ތަކެތި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 176 މައްސަލައެއް ކަސްޓަމްސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ މައްސަލަތަކުގެ ތެރެއިން ވޭޕް ކުރުމަށް ބޭނުން ކުރާ ޖުމްލަ 53،300 އާލާތް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، އެ ތަކެތި ވިއްކުމާއި، ހިލޭ ބެހުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ގާނޫނުގެ ދަށުން، ވޭޕްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
މީގެ އިތުރުން، އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. އަދި ވޭޕް ކުރުމަށް ބޭނުންކުރާ ސާމާނު ކުޑަކުދިންނަށް ވިއްކައިފި ނުވަތަ ހިލޭ ދީފިނަމަ، 50,000 ރުފިޔާގެ އަދަދަކުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ