އިސްލާމްދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވަވައިފިއެވެ.
އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ދިވެހިންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.
ރައީސްގެ ޕޯސްޓުގައި މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ ދިވެހިން ދުރުވާންޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއި އެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށްވުމަކީ ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތެއް ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ފިލްމު "ލިލީ"ގެ ޕްރިމިއާ ނައިޓުގައި އަންހެން ހެދުމެއް އަޅައިގެން ފިރިހެނަކު އައިސްފައިވާ މައްސަލައެއްގައި ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ