ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގަރޭޓު ކާޓުންތަކެއް ގެއްލުނު މައްސަލާގައި ފުލުހުންގެ އިދާރީ ތަހުގީގާއި އަދި މައްސަލައިގެ ޖިނާއީ ތަހުގީގު ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި 32 ކާޓަން ސިނގިރޭޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ތަކެއްޗަކީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލައިގަނެ، ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުރި ތަކެއްޗެވެ.
ނަމަވެސް، އޮންނަ އުސޫލުން މި ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި ޖުލައި މަހުގެ 12 ވަނަ ދުވަހު ބެލިއިރު، އޭގެ ތެރެއިން ހަ ކާޓަން މަދުވެފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، މީގެ ކުރިން ވެސް އެފަދަ ކަމެއް ހިނގާފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 25 ކާޓަން ސިނގިރޭޓު ވެސް ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އެ ދެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، އެ ކަންކަމާ ގުޅޭ އިދާރީ މައްސަލަތައް ބަލަމުން ގެންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުންނެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި