ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވަވައިފިއެވެ.
ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ. ހައިކޯޓު ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް އިސްތިއުފާ ދެއްވުމުން ހައިކޯޓުން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ފައިސަލް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ފައިސަލްއަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ފައިސަލް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމް ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރު ފައިސަލް ވަނީ ގާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
ފައިސަލް ވަނީ މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން، މިމަހުގެ 19ވަނަ ދުވަހާއި ހަމައަށް ހައިކޯޓު ހިންގެވުން ވަގުތީ ގޮތުން އަދާކުރައްވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ