އިނގިރޭސި ވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޑައިސަން"ގެ އުފެއްދުންތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.
އެސްޓީއޯ އިން ބާޒާރަށް ނެރެފައިވާ "ޑައިސަން"ގެ އުފެއްދުންތަކުގެ ތެރޭގައި، ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އިސްތަށިގަނޑު ސްޓައިލްކުރުމަށް ބޭނުންކުރާ ހެއާ ޑްރަޔާ އާއި ހެއާ ސްޓްރެއިޓްނާ ފަދަ އާލާތްތައް ހިމެނެއެވެ.
މިފަދަ ޕްރޮޑަކްޓްތަކުން އާންމުކޮށް އިސްތަށިގަނޑަށް ލިބޭ ހޫނުގެ ގެއްލުމުން ރައްކާތެރިކޮށްދޭ ޒަމާނީ ޓެކްނޮލޮޖީއެއް އެ އުފެއްދުންތަކުގައި ހިމެނެއެވެ.
އެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބޭއްވި ހާއްސަ އިވެންޓުގައި، އަނާ ސެލޫންގެ ސްޓައިލިސްޓުން ވަނީ އެ ޕްރޮޑަކްޓްތައް ބޭނުންކުރާނެ ގޮތް އަމަލީ ގޮތުން ދައްކާލައިފައެވެ.
އިސްތަށިގަނޑު ސްޓައިލްކުރުމަށް ހާއްސަ އާލާތްތަކުގެ އިތުރުން، ޑައިސަންގެ ވެކިއުމް ކްލީނާ ވެސް އެސްޓީއޯއިން މިހާރު މާކެޓަށް ނެރެފައިވާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެއެވެ.
އެސްޓީއޯއިން ހާމަކުރާ ގޮތުގައި، ދުނިޔޭގެ މަގްބޫލު އެފަދަ ބްރޭންޑެއް ރާއްޖެއަށް ގެނައުމުގެ އެންމެ ބޮޑު މަގުސަދަކީ، އެ ބްރޭންޑުގެ އަސްލު އުފެއްދުންތައް ދިވެހި ރައްޔިތުންނަށް އެންމެ އެކަށޭނަ އަގުގައި ފޯރުކޮށްދިނުމެވެ. އަދި ކުރިއަށް އޮތްތަނުގައި ޑައިސަންގެ އިތުރު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އެއާ ޕިއުރިފަޔާ ފަދަ ތަކެތި ވެސް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ