ޕާޓީގެ ތެރޭގެ ބަދަހިކަން ހިފެހެއްޓެވުމަށް ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މަސައްކަތް ކުރެއްވި ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވެވީ ރޭގެ ވަގުތެއްގައެވެ. އެކަން އެމަނިކުފާނު އިއުލާން ކުރެއްވީ، ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ދެވަނަ ސަރުކާރުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފައްޔާޒް އިސްމާއީލް ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން އުފަލާއެކު ފާހަގަކުރާ ކުރާ ކަމަށެވެ.
"ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައިގެން ކަމަށްވީ ނަމަވެސް، ޕާޓީގެ މަސައްކަތްތަކާއި ކަންކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައި، ޕާޓީގެ ކުރިއެރުމާއި ތަރައްގީ އަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އަދި، ޕާޓީގެ ތެރޭގައި އޮންނަންޖެހޭ އެކުވެރިކަމާއި ބަދަހިކަން ހިފެހެއްޓުމަށް ޓަކައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވިއެވެ،" ބަޔާނުގައިވެއެވެ.
ސަރުކާރުގެ ދައުރު ނިމުމަށްފަހު، ޕާޓީގެ މަސައްކަތައް ހުރިހާ ވަގުތެއް ހޭދަކުރައްވައި، ޕާޓީއަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ރައްޔިތުން އެދޭގޮތަށް ޕާޓީގެ މިސްރާބު ސީދާކޮށް، ޕާޓީއަށް ކާމިޔާބު ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް އެތަކެއް މަސައްކަތްތަކެއް ފައްޔާޒު ކުރެއްވި ކަމަށް އެމްޑީޕީން ބުންޏެވެ.
ފައްޔާޒުގެ ތާއީދާއި ހިދުމަތް އަބަދުވެސް ޕާޓީއަށް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށާއި ފައްޔާޒަށް ކާމިޔާބު މުސްތަގުބަލަކަށް އެދޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ