އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާއު ހުށަހެޅުއްވި އެ އިސްލާހު މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ފާސްވީ 75 މެންބަރުންގެ ތާއީދާއެކުގައެވެ. އެ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ހިމެނެ އެވެ. މީގެ އިތުރުން، އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްގެ ރައީސް ހިމެނިގެން މި ކައުންސިލް އެކުލެވިގެންވާ ކަމަށް ވެސް އެ މާއްދާގައި ބަޔާންކުރެ އެވެ.
މި އިސްލާހުގައި ހިމަނާފައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވަންދެން އެ ކައުންސިލްތައް ދެމިއޮންނާނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ