މާލޭގެ އިމާރާތެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ގޮވާލައި މާލޭގައި ޒުވާނުންކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ ނުކުރަން އެންމެ ފަހުން ނިންމައިފިއެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ފުލުސް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.
އެ މައްސަލާގައި މަހުޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލުމަށްފަހު ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މި ދައުވާތައް މުރާޖާ ކުރުމަށްފަހު، އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، އެ ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ