އެއްފަހަރާ މުޅި ރާއްޖޭގައި މިހާތަނަށް ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުން 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނެފިއެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ މިމަހުގެ 13ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ވަނީ އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތުތައް މީޑިއާއާ ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުން 29.68 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން އަކީ އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފުލުހުން ބައިވެރި ކޮށްގެން ހިންގި އޮޮޕަރޭޝަނެކެވެ. އެގޮތުން އެ އޮޕަރޭޝަންގައި 500 ފުލުހުން ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނީ މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 39 ރަށެއްގައި ޑުރަގުގެ ބޮޑު އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުން 110 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 105 ތަނެއް ބަލާ ފާސްކުރިއިރު އެއް ކަނޑުއުޅަނދު ބަލާ ފާސްކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދުގެ 9 އުޅަނދެއް ބަލާ ފާސްކޮށްފައިވެއެވެ.
ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި 110 މީހުން ހައްޔަރުކުރި ނަމަވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހާ ދީފައި ވަނީ 38 މީހުންގެއެވެ.
އޭގެތެރެއިން 12 މީހެއްގެ ބަންދުގެ މުއްދަތު 30 ދުވަހަށް ޖަހާފައިވާއިރު ޝަރީއަތް ނިމެންދެން ބަންދަށް ޖަހާފައި ވަނީ އެންމެ މީހެކެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި