ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް، ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު ބައެއް މީޑިއާގައި ވިދާޅުވި ގޮތުގައި، އެ ހާދިސާގައި އަނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
އަދި އޭނާ އަށް މިވަގުތު ފަރުވާ ދެމުން ދަނީ އިމަޖެންސީ ރޫމުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭނާގެ ފިހުންތަކަކީ މެޑިކަލް ގޮތުން ބަލާއިރު ވަރަށް ސީރިއަސް ފިހުންތަކެއް ކަމަށްވާ 'ތާޑް ޑިގްރީ ބާންސް' ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސްޓެލްކޯގެ އެ މުވައްޒަފު ކަރަންޓްގެ މަސައްކަތެއް ކުރަނިކޮށް މީޑިއަމް ވޮލްޓޭޖް ކޭބަލަކާ ދިމާވެގެންނެވެ.
އޭނާ ކަރަންޓްގައި ޖެހި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، އޭނާ ސަލާމަތް ކުރުމަށްޓަކައި މިއަދު ހުޅުމާލޭގެ ކަރަންޓް ވަގުތީ ގޮތުން ކަނޑާލަން ޖެހުނެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި