ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީޒްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސްޓޭބަލް" ބަދަލުކޮށްފިއެވެ.
މޫޑީސް އިން ކުރިން ރާއްޖެއަށް ދީފައި ވަނީ "ސީއޭއޭ2" އެވެ.
މޫޑީޒްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރީ، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ތަންފީޒުކުރި ހަރުދަނާ ސިޔާސަތުތަކާއި ފިޔަވަޅުތަކުގެ ނަތީޖާއާއި، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރާވައިގެން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ އަސަރުތައް ފެންނަން ފެށުމާ ގުޅިގެން ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
އެހެންނަމަވެސް މޫޑީސް އިން ވަނީ އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން މާލީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބޭރުގެ ދަރަނީގެ އިތުރުން، ކުރު މުއްދަތެއްގައި އަނބުރާ ދައްކަންޖެހޭ އެތެރޭގެ ދަރަނި އިތުރުވަމުންދާ ވެސް މޫޑީސް އިން ފާހަގަކޮށްފައިވެއެވެ.
ޖީޑީޕީގެ ނިސްބަތުން އެފަދަ ދަރަނި މިހާރު 40 އިންސައްތައަށް އަރާފައިވާ ކަމަށް މޫޑީޒްސް އިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ މިންވަރަށް ވުރެ، ދިވެހި ރުފިޔާގެ އަދަދު އިތުރުވަމުންދާ ދިއުމާ މެދު ވެސް މޫޑީޒްސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ