ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ހިޔާލެއް މިނިވަންކަމާއެކު ހުށަހެޅުމުގެ ފުރުސަތު ރައީސް މުއިއްޒު ވަނީ ދެއްވަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހީނާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
"މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ހިޔާލާއި ކަންބޮޑުވާ ކަންކަމާއި ބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ." ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް އަމަލުކުރައްވާނީ އެއުސޫލުން ކަމަށެވެ. އެއްވެސް ބޭފުޅަަކަށް ދުރާލާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ