ހުސްވެފައިވާ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވާދަކުރައްވަން ނިންމަވައިފިއެވެ.
އެކްސްގައި މީކާއީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
"މި ޕާޓީގެ ލީޑާޝިޕުން އާ ޖީލަކަށް ފުރުސަތު ހޯދުމުގެ މި މުހިންމު މަސައްކަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދެން،" ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކުރިން ހުންނެވީ ފައްޔާޒު އިސްމާއީލެވެ. ފައްޔާޒު އިސްތިއުފާ ދެއްވީ މިމަހުގެ 23ވަނަ ދުވަހުއެވެ.
ފައްޔާޒު އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ރޭ ގައުމީ މަޖިލިސް ވެސް އެއްވިއެވެ. އެކަމަކު އެކަމެއް ވެސް ކުރިޔަށްދާ ގޮތެއް ނުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި