އަވަށްޓެރި ސްރީލަންކާއަށް ތޫފާނެއް އަރާ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެގައުމަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ފެށި ހާއްސަ ޓެލެތޯނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ މީޑިއާ އިން ބުނެފިއެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި އެ ޓެލެތޯނަށް ހަވީތު 16:30ގެ ނިޔަލަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވެއެވެ. އެގޮތުން އެހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމް އިން އެ ޓެލެތޯން ކުރިޔަށް ގެންދާނީ މިރޭގެ މެންދަމު 1:00 ގެ ނިޔަލަށް ކަމަށް ވެސް ބުންޏެވެ.
ޕީއެސްއެމް އިން ބުނީ މިއަދު ހަވީރު 16:30ގެ ނިޔަލަށް ބީއެމްއެލްގެ ރުފިޔާ އެކައުންޓަށް 1.5 މިލިއަން ރުފިޔާ ޖަމާވެފައި ހުއްޓެވެ. އަދި ޑޮލަރު އެކައުންޓަށް 37،000 އަށްވުރެ ގިނަ ޑޮލަރު ޖަމާވެފައި ހުއްޓެވެ.
މި މީޑިއާ ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ބީއެމްއެލް އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ޓީވީ ބިލްޑިންގާއި މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ފައިސާ ފޮށިތަކަށްވެސް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ދިވެހި ރުފިޔާ އިން ނަމަ ޖަމާކުރާނީ 7730000796107 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ ޖަމާކުރާނީ 7730000796106 އަށެވެ.
ތޫފާން "ދީތުވާ"ގެ ސަބަބުން ލަންކާގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 159 އަށް އަރާފައެވެ. އެ ހާދިސާތަކާ ގުޅިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން، ލަންކާގައި ވަނީ އިއްޔެ ކުއްލި ނުރައްކަލުގެ ހާލަތު ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ