ތޫފާން ޑިޓްވާގެ ސަބަބުން ސްރީލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި، ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރުކޮށްފިއެވެ.
އޮޕަރޭޝަން ސާގަރް ބަންދޫގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ދަށުން އިއްޔެ އިންޑިއާގެ ވައިގެ ސިފައިންގެ 2 ހެލިކޮޕްޓަރު ސްރީލަންކާއަށް ގޮސްފައިވާއިރު، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމަށް އިއްޔެ އާއި މިއަދު މި ހެލިކޮޕްޓަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިންޑިއާގެ ވައިގެ ސިފައިން އިއްޔެ ވަނީ އިންސާނީ އެހީ އާއި ކާރިސާގެ ވަގުތުތަކުގައި ބޭނުންކުރެވޭ ޒާތުގެ ތަކެތީގެ 12 ޓަނުގެ ކާގޯ ލަންކާއަށް އެއަރލިފްޓްކޮށްފައެވެ. ހުކުރު ދުވަހުވެސް އިންޑިއާއިން ވަނީ އެހީގެ ސާމާނު ފޮނުވާފައެވެ.
ލަންކާއަށް ތޫފާން އަރައި، ކުއްލި ޙާލަތަށް ގައުމު އައުމާއެކު އިންޑިއާއިން ވަނީ ކޮޅުނބުގެ ބަނދަރުގައި އޮތް އައި.އެން.އެސް ވިކްރާންތް އާއި އައި.އެން.އެސް އުދަޔަގިރި ގައި ހުރި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު ލަންކާގެ ސަރުކާރާއި ހަވާލުކޮށްފައެވެ. ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ލަންކާއަށް އެހީތެރިވަމުން ދަނީ އިންޑީއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުންކަމަށާއި، ކާރިސާއިން އަރައިގަތުމަށް ލަންކާ ސަރުކާރަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އިންޑިއާއިން ފޯރުކޮށްދޭނެކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ