އަތޮޅު ކައުންސިލްތައް އުވާލައި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުތައް މަޖިލީހުން ފާސްކޮށްފައި ވާތީ އެ ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވަވައިފިއެވެ.
ބިލުގައި ބުނެފައިވާ ގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެ ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ނުވަތަ ބެލެހެއްޓުމުގެ ދަށުގައިވާ މުދުލާއި ފައިސާ ސަރުކަރަށް ބަދަލުވާނެއެވެ.
މީގެ އިތުރުން ކުދި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދަކީ ތިނެކެވެ. އަދި 2،000 ވުރެ ގިނަ އާބާދިތަކުގެ ރަށު ކައުންސިލް މެމްބަރުންގެ އަދަދަކީ ފަހެކެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކުދި އާބާދީތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އެއް ގޮނޑި އަންހެނަކަށް ހާއްސަ ކުރަންވާނެއެވެ. އަދި ބޮޑެތި އާބަދީތަކުގެ ކައުންސިލްތަކަށް އިންތިހާބު ކުރާ ދެ މެމްބަރުންގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންވާނެއެވެ.
އަލަށް ހުށަހަޅާފައިވާ ބިލުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި