ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިންތިހާބުވާ ކައުންސިލަރުންގެ ތެރެއިން އެއްވެސް ކައުންސިލެއްގެ ކައުންސިލަރަކު އިސްތިއުފާ ދީފި ނަމަ، އެ ކައުންސިލެއްގެ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުން އަހަރަކު ދެ ފަހަރަށް ބަދަލު ކޮށްފިއެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލެއްގެ ގޮނޑިއެއް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުން ކޮމެޓީއެއްގެ ގޮނޑިއެއް ހުސްވެފައިވާ ނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ސަރުކާރުން ގާނޫނަށް ގެނެސްފައިވާ އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ތަސްދީގު ކުރައްވަވައިފައެވެ.
އެ އިސްލާހުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަން ވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާހުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ