ވިލިމާލޭގައި ހުރި ދުވަސްވީ ދެ ނިކަގަސް ކަނޑާ ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.
ނަޝީދުގެ ނުރަސްމީ އެކައުންޓު "އަނެއް ދިވެހިރާއްޖޭ" އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ވިލިމާލެ ނިކަގަސް ކަނޑާ ނުލުމަށް ކަމާބެހޭ ފަރާތްތަކަށް "އާދޭހާއެކު" ދަންނަވާ ކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ގަސް ބަހައްޓާފައި ކަން ކުރެވެން އޮތް ކިތަންމެ ގޮތްތަކެއް ހޯދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 24ވަނަ ދުވަހު ވިލިމާލެ ރައްޔިތުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމަށް ދިޔަ ގިނަ އަދަދެއްގެ ވިލިމާލެ ރައްޔިތުން ވަނީ އެ ރަށުގައި ހުންނަ ދެ ނިކަގަސް ކަނޑައި ދިނުމަށް އެދިފައެވެ.
އެގޮތަށް އެދުނީ ވިލިމާލެ ޕޮލިސް ސްޓޭޝަނާ ޖެހިގެން އޮންނަ ހުސްބިމުގައި ހުންނަ ދެ ނިކަގަހުގެ މުލުގެ އުނދަގޫ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ގޭގެ އަށް ކުރާތީ ކަމަށް އެ ރައްޔިތުން ބުނެއެވެ.
އެހެންކަމުން ރައީސް މުއިއްޒު ވަނީ އެރޭގެ ބައްދަލުވުމުގައި ވޯޓެއް ނަގައިފައެވެ. އެއާ އެކު، އެ ޖަލްސާގައި ތިބި ގިނަ ބަޔަކު ވަނީ އެ ތަނުން އެ ގަސް ނަގަން ފެންނަކަން އަންގައިދިނުމުގެ ގޮތުގައި އަތްމައްޗަށް ނަގައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ