ރައްޔިތުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުމުގެ ތެރެއިން މާދަމާ ރޭ މާފަންނު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުން އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިރޭ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ 20:30ގައި ތާޖުއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.
"ވީމާ މާފަންނުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަމެވެ،" ހީނާ ވިދާޅުވިއެވެ.
މީގެކުރިން ހީނާ ވަނީ ރައީސް މުއިއްޒު ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ހިޔާލެއް މިނިވަންކަމާއެކު ހުށަހެޅުމުގެ ފުރުސަތު ދެއްވަވާފައިވާ ކަމަށް ވިދާޅުވެފަައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ