މާލޭގައި ހިންގާ ސެލޫނަކަށް ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދީ އަދި އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހެއް ހައްޔަރުކޮށް، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަސަރީވިލާ، ޢަލީ މަނިކު (43އ) އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވާ ގޮތުގައި، މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި މައްސަލާގަ ހައްޔަރުކުރި ޢަލީ މަނިކު ވަނީ ހަމަނުޖެހުން ހިންގާ އެތަނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގާ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައެވެ.
މި މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލައާ ގުޅިގެން ހައްޔަރުކުރުމާ އެކު، އިއްޔެއިން ފެށިގެން އޭނާ ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންނެވެ. ހައްޔަރުކުރި ފުލުސް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ