ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40އަށް ވުރެ ގިނަ މަސްދޯނި ނުކުމެ، ރައީސް އޮފީހާ ދިމާލު ކަނޑުއޮޅީގައި މިއަދު އިހްތިޖާޖު ކުރަން ފަށައިފިއެވެ.
މި އިހްތިޖާޖަކީ މަސްވެރިންނަށް ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލާ ކުރަމުންދާ ހަރަކާތެކެވެ.
މި އިހްތިޖާޖު އިސްނަގައިގެން ކުރިއަށް ގެންދަނީ ބޮޑު ކަންނެލި ޔޫނިއަންއިންނެވެ. މަސްދޯނިތައް އެއްވެ، އިހްތިޖާޖު ފެށީ ހުޅުމާލެ ބޮޑު ކަންނެލި ޖެޓީންނެވެ. އެއަށްފަހު ދޯނިތައް ވަނީ މާލެއާ ދިމާލަށް ދަތުރުކޮށް، ރައީސް އޮފީސް ހުންނަ ސަރަހައްދުގެ ކަނޑުއޮޅީގައި އެއްވެފައެވެ.
އެއް ނަންބަރު ފާލަމާ ދިމާލުން، ފަޅަށް ދޯނިތައް ވަންނަން އުޅުމުން ގޯސްޓްގާޑުން ވަނީ ދޯނިތަކަށް ހުރަސްއަޅާފައެވެ.
މަސްވެރިންގެ މައިގަނޑު ޑިމާންޑަކީ، މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ވަގުތުން ފުއްދުމެވެ. އެގޮތުން، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމާއި، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވެފައިވާ އެހެނިހެން ވައުދުތައް ފުއްދުމަށް އެމީހުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މަސްވެރިން ވަނީ އެމީހުން ކުރަމުންދާ ޑިމާންޑުތައް އަޑު އަހައި، ސަރުކާރުން އެކަމަށް އިޖާބަދިނުމަށް ވަރަށް ބޮޑަށް ގޮވާލާފައެވެ. މަސްވެރިން ބުނާ ގޮތުގައި، މި އިހްތިޖާޖުގެ މަގުސަދަކީ ސަރުކާރުގެ ސަމާލުކަން މިކަމަށް ހޯދައި، ދާއިރާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމެވެ.
(ތަފްސީލު އަންނަނީ...)
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ