ބޮޑު ކަންނެލި މަސްވެރިން ރައީސް އޮފީހާ ދިމާލު، ކަނޑުއޮޅީގައި ކުރަމުންދާ އިހްތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން އެ ސަރަހައްދުގައި އޮތް ދޯނިތަކަށް ފުލުހުން އަރައި، ބައެއް މަސްވެރިން ހައްޔަރުކޮށް، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މައުރޫފް ޒާކިރު ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.
ބޮޑު ކަންނެލީގެ މަސްވެރިން އިހްތިޖާޖު ކުރަމުން ގެންދަނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތައް ފުއްދުމަށެވެ.
މަސްވެރިން އަޑުއުފުލަމުންދާ ކަންކަން:
- މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
- ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން
- ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުން
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ