މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން، ތިން މީހަކު ހައްޔަރުކޮށް ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި، ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުން ގެންދިޔަ މުޒާހަރާ މިއަދު ވެސް ރައީސް އޮފީހާ ދިމާލު ކަނޑުއޮޅީގައި ކުރަމުން ގެންދިޔައެވެ. ނަމަވެސް ފުލުހުން ވަނީ މިއަދު މެންދުރު ދޯނިތަކަށް އަރައި، އިހްތިޖާޖު ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ.
ފުލުހުން ބުނީ މަސްވެރިން ކުރަމުންގެންދާ އިހްތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަވުމާ އެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކަށް ފުލުހުން އެރި ކަމަށެވެ.
"އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކާ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތް ކުރަމުން. އެގޮތުން މިއަދު ފުލުހުން ވަނީ އިހްތިޖާޖުގައި ބިދެސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
މީގެ އިތުރުން މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ. ފުލުހުންގެ ދައުރު އަދާކުރުަމށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ