ރައީސް މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ގޮވާލައި، މަސްވެރިން ކުރި އިހްތިޖާޖުން ހައްޔަރު ކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ފައުންޑިން މެންބަރު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ)ގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
މަޓޭ ހައްޔަރު ކުރީ ރައީސް އޮފީހާ ދިމާލުން ކަނޑުގައި އިހްތިޖާޖު ކުރަމުން ގެންދިޔަ "ޒޫމް ލައިން" މަސް ދޯނިންނެވެ. އޭނާއާ އެކު އެ މުޒާހަރާތެރެއިން ހައްޔަރު ކުރި "މަސްކުރި" ދޯނީގެ ކެޕްޓަން މުހައްމަދު މުސްތަފާގެ ބަންދަށް ވެސް ފަސް ދުވަސް ޖަހާފައިވެއެވެ.
މި މުޒާހަރާއިން ޖުމްލަ 8 މީހަކު ހައްޔަރުކުރިއެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މެންބަރު މަޓޭގެ މައްޗަށް ތުހުމަތު ކުރަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް