ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުނުކޮށް ތިއްބާ، އެ ރަށުގެ ކައުންސިލް އުވާލިކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ޒިންމާތަކާ ހަވާލުވެވަޑައިގެން ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ގަފޫރު މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ "ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަނޑައަޅާ، އެ ރަށްޔިތުން ހަނިމާދޫ ރައްޔިތުންގެގޮތުގާ ވޯޓުލާން ނިންމާ ނިންމުމަކީ ޤާނޫނުއަސާސީ އާއި، ލާމަރުކަޒީގާނޫނާއި ކަޑައެޅިގެން ހިލާފުކަމެއް" ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހިރިމަރަދޫއިން މީހުން ހުސްކޮށް، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށެވެ.
ނަމަވެސް އެ މަސައްކަތް ނުފަށަނީސް ކައުންސިލްގެ ދައުރާ މެދު ނިންމި ނިންމުމަށް ގަފޫރު ވަނީ ފާޑުވިދާޅުވެފައެވެ.
ގަފޫރު ތަމްސީލު ކުރައްވާ ހަނިމާދޫ ދާއިރާގައި ހަތަރު ރަށެއް ހިމެނެއެވެ. އެއީ ހދ. ހަނިމާދޫގެ އިތުރުން، ފިނޭ، ނައިވައިދޫ އަދި ހިރިމަރަދޫއެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު، ހިރިމަރަދޫގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އޭގެ ތެރޭގައި ހިމެނެނީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް