މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ކ. މާފުށީގައި ދެއްކި ވާހަކަ އޮޅުވާލައިގެން ބަޔަކު ފަތުރަމުންދާ ކަމަށެވެ.
މާފުށީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރިސޯޓުތަކުން ލިބޭ ހިދުމަތްތައް، ބޮޑެތި ހޮޓާތައް އަޅައި، ގެސްޓްހައުސް ހިންގާ ރަށްރަށުން ލިބެންޖެހޭނެ ކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ ރަލާއި އޫރު މަސް މީހުން ދިިރިއުޅޭ ރަށްރަށުގައި ވިއްކުމަށް ކަމަށް ބުނެ، ބައެއް މީހުން ސޯޝަލް މީޑިއާގައި ނަޝީދަށް ފާޑުކިޔަމުންދަނިކޮށް، އެމަނިކުފާނު ވަނީ އެއަށް ރައްދު ދެއްވާފައެވެ.
"ރިސޯޓު ފަހަރުގައި ލިބޭ، އެހެނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި އެއްޗަކީ ރަލާއި އޫރުމަހެއް ނޫން. މީހުން ދިރިއުޅޭ ރަށް ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ،" ނަޝީދު އެކްސްގައި ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ