އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ ގެންގުޅުއްވާ އުސޫލެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވީ "ޕާރޓީގެ ރައީސްގެ މަޤާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިޚާބެއްގައި ތާއީދު ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ އުސޫލެއް ނޫން" ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާ އެކު ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"މާތް الله ގެ ހެޔޮ ރަޙްމަތްފުޅުން މި އިންތިޚާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދަ ބަޔާނެއް ދެއްވާފައި މިވަނީ، މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވުމަށް ޕްރައިމަރީގައި ނުކުންނަވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ޝާހިދު ތާއީދު ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ