ވައްކަންކުރި މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލާގައި، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ބ. ހިތާދޫ، އަންދަލީބުގޭ، އަހުމަދު ޝަރީފް ނަމަކަށް ކިޔާ އުމުރުން 50 އަހަރުގެ މީހަކާއި ލ. އިސްދޫ، ބްލޫކިޔާގެ، އަހުމަދު ހާތިމް ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ މީހެއް ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ވައްކަންކުރި މީހާ އަށް އަނިޔާކޮށް މޫދަށް އެއްލާލި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ މޫދަށް އެއްލާލީ މަގުމަތީގައި ހުސް ގަޔާ ދަމާ ކޫތާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ