ކުރިއަށް އޮތް އިންތިހާބުތަކަކީ އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިހާބުތަކަކަށް ވެދާނެކަމާމެދު ސުވާލުތަކެއް އުފެދިފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މިނިވަން މުއައްސަސާތަކާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދާ އެކު ރައީސް އޮފީހުގައި ބޭއްވި ސިއްރު ބައްދަލުވުމަކަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބު އޮޅުވާލައި، އިންތިހާބު ގަޑުބަޑުކޮށް ސައްހަ، ޓްރާންސްޕޭރަންޓް ދެ ފުށް ފެންނަ އިންތިިހާބެއް ރައްޔިތުންނަށް ލިބިދާނެކަމުގެ ޔަގީންކަން މިއަދު ވަނީ ގެއްލިފައެވެ.
"އިންސާފުވެރި އިންތިހާބެއް ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތްތަނުގައި ލިބިދާނެކަމާމެދު ސުވާލު އުފެދޭ ހާލަތަށް ގައުމުގެ ހާލަތު ބަދަލުވެގެންދާ މަންޒަރު،" ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތައް މިހާރު ބާއްވާ އުސޫލު ބަދަލުކޮށް، ރިޔާސީ ދައުރު ދަންމާލާނެ ކަމުގެ ޚަބަރުތައް ލިބެމުންދާ ކަމަށްވެސް މައުރޫފް ތުހުމަތު ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ފުރުސަތު ފަހިވެފައިވާކަން ފާހަގަކުރައްވައި، މައުރޫފް ވިދާޅުވީ ގައުމުގެ ހުރިހާ ކަމެއް ސީދާ ރައީސް ބޭނުންފުޅުވާ ގޮތަށް ބަދަލު ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ