ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެފައި ވާތީ އޭނާ 397 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އަދަބު ކަނޑައެޅުން އޮތެވެ. އަދި މިއަދު ހެނދުނު އޮތީ ހުކުމް ކުރުމެވެ.
ހަސަން މަމްދޫހުގެ މައްޗަށް ސާބިތުވި ދައުވާތައް:
1. ޓެކުން (46 ދަޢުވާ)
2. އޮޅުވާލުމުގެ ޢަމަލެއް ކުރުން (44 ދައުވާ)
3. މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުން (3 ދައުވާ)
4. މަނީ ލޯންޑްރިން (1 ދައުވާ)
މަންޑޭގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ