ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އަށް ހިޔާނާތްވި ކަމުގެ މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކޮށްފައިވާ އިތުރު ދެ ދައުވާއެއް ސާބިތުވެއްޖެއެވެ.
މިއީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނަތްވި ކަމަށް ބުނާ މައްސަލައެކެވެ.
ބައްސާމް މިހާރު ވެސް ދަނީ މާފުށީ ޖަލުގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ދައުލަތުން ބުނާ ގޮތުގައި ކޮވިޑް ރިލީފް ފައިސާ އިން ބައްސާމް ވަނީ އަމީން އެވެނިއުގެ ދެ ޕެންޓް ހައުސް ގަތުމަށް ހަރަދުކޮށްފައި ކަމަށެވެ. އެކަން ކޮށްފައި ވަނީ ޑޮލަރު މާރު ކުރުމަށް ކަމަށް ބުނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ ޑޮލަރު މާރު ކުރުމަށް ކަމަށް ބުނި ނަމަވެސް ޑޮލަރު މާރު ކުރުމަށްފަހު ލިބުނު ދިވެހި ފައިސާ އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް ވަދެފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ އަށް ބައްސާމް ހިޔާނާތްވިކަން ސާބިތުވެފައިވާ ކަމަށް ގާޒީ ކަނޑައެޅިއެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ