މާލޭގެ ކޮމާޝަލް ޕޯޓް ބޭރުގެ ފަރާތަކަށް ހަވާލުކުރަން އުޅޭ ކަމަށް ދެކެވޭ އަޑުތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ފާހަގަކުރެއްވީ، މާލޭ ބަނދަރާ ގުޅުވައިގެން ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އައި ބަދަލުތަކާއެކު ބައިނަލްއަގުވާމީ ގިނަ ކުންފުނިތަކަކުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި ބަނދަރާއި އެއާޕޯޓް ފަދަ ވަސީލަތްތައް ތަރައްގީކުރުމުގެ ޕްރޮޕޯސަލްތައް ހިމެނޭއިރު، ރައީސް އެފަދަ ހުށަހެޅުންތައް ބައްލަވާނީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވާވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގައި މިފަހަކުން ޑިޒިޝަނެއް ނަންގަވާފައި އޮތިއްޔާ، ވަރަށް ބޮޑަށް ބައްލަވާފައި، ރައްޔިތުންނަށް އޭގެ ފައިދާ ހުރި ގޮތަކަށް ނޫން ގޮތަަކަށް ނޯންނާނެ އެ ޑިޒިޝަނެއް ނަންގަވާފައި، އެ އަޅުގަނޑަށް ޔަގީންވޭ،" ޒަމީރު ފާހަގަކުރެއްވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި