އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖޭން މައްކާ އަށް ގޮސްފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ނިޔާވި ދެ މީހުންނަކީ ވެސް ފިރިހެނުން ކަމަށެވެ. އެ ދެމީހުންގެ ތެރެއިން އެކަކަކީ ސަފާ ގުރޫޕުން އުމްރާއަށް ދިޔަ މީހެކެވެ. ދެވަނަ މީހާ އަކީ ހިޖާޒް ގްރޫޕް އިން އުމްރާ އަށް ދިޔަ މީހެކެވެ.
މިއަހަރުގެ ބޮޑު ޗުއްޓީގައި ހަތް ހާހަށްވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްގައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ މައުލޫމާތު ދިނެެވެ.
އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހާ މި މަހު 10 ގައި މާލެ ގެނެވޭނެ ކަމަށްވެސް ބުންޏެވެ. ނިޔާވި މީހުންގެ ތެރޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހާ ހިމެނޭ ކަމެއް ނޭނގެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ