މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި އިންނަވައިގެން "އިންޓަގްރިޓީ" އާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުންނެވެ. ނަހުލާ ވަނީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމެންޓުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވީދާލައިފައެވެ. އެ މައްސަލަ ކައުންސިލްގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ.
މިއަދުގެ ޖަލްސާގައި ނަހުލާ ވަނީ އެ ލިޔެކިއުމަކީ ފަހުގެ ތާރީހެއް ޖަހާ ސޮއިކޮށްފައިވާ ލިޔުމެއް ކަމަށް ވިދާޅުވެފައެވެ. އެ މައްސަލަ އަކީ އެ ލިޔުމުގައި ސޮއިކުރި ފަރާތުން ވެސް އަދި ހުދު އޭނާ ވެސް ކައުންސިލަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އެ ކަމަކީ ކާކުގެ އިހުމާލުން ކިހިނެއް ހިނގައިދިޔަ ކަމެއްކަން ބެލެން ޖެހޭނެ ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.
ނަހުލާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ގޯސް ލިޔެކިއުމެއް ކައުންސިލުން ހަދާފައި އޮތް ނަމަވެސް، އެއީ "އިރާލަން" ޖެހޭ ލިޔެކިއުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސޮއި ކުރައްވަވާ އެއްވެސް މީހަކަށް އެއްޗެއް ދޭން އަންގަވާފައި ނޯންނާނެ ކަމަށެވެ.
"އޮތިއްޔާ އެ އެއްޗެއް ގެނެސްދެއްވުމަށް ކައުންސިލަރު ނަހުލާ އަށް ދަންނަވަން..... އަޅުގަނޑު އިސްތިއުފާ ދީފައި ގެއަށް ދާނަން [އެފަދަ ލިޔުމެއް އޮވެއްޖިއްޔާ]" އާޒިމް ވިދާޅުވިއެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި މާލެ ސިޓީގެ ބިންތަކުގެ ތަފްސީލުތައް ހާމަ ކުރުމުން އެކަމުގެ މަސްލަހަތު އޮންނަ ފަރާތްތައް ކައުންސިލުގައި އުޅޭނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހާއްސަކޮށް ކައުންސިލަރު ނަހުލާ އަކީ ބިންތަކުގެ މަސްލަހަތު ބޮޑު ބޭފުޅެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"މާލޭގެ ބިމެއްގެ މައްސަލާގައި އެ ބިން ހަވާލު ނުކޮށްގެން ކޯޓަށްވެސް ގޮސްގެން އެބަ އުޅުއްވާ ނަހުލާ އަލީ. ގޮސް މި ކައުންސިލާ ދެކޮޅަށް ހެކި ދެއްވަން އެބަ އުޅުއްވާ،" ނަހުލާ އަށް ތުހުމަތު ކުރައްވާ އާޒިމް ވިދާޅުވިއެވެ.
ނަހުލާ އަކީ މާލޭގެ ބިންތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަނބަލެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމްގެ ވާހަކަފުޅުގައި ނަހުލާގެ ރިޝްވަތުގެ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ