މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯ އަށް އައްޔަންކުރި އަހްމަދު ޝަމާހް ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޝަމާހް ސްޓެލްކޯ އަށް އައްޔަން ކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. ފަހުމީ އެ މަގާމުން ވަކިކުރެއްވުމަށްފަހު ރައީސް އޮފީހުގެ ވަޒީފާއެއް ވަނީ ދެއްވައިފައެވެ.
ޝަމާހު އަކީ މި ސަރުކާރުން މިފްކޯގެ ސީއީއޯގެ މަގާމަށް އެންމެ ފުރަތަމަ ހަމަޖެއްސި ބޭފުޅާއެވެ. އެ މަގާމުގައި ހުންނެވިއިރު ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވުނެވެ.
އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑުވެސްކުރިއެވެ. އަދި ފަހުން މަގާމުން ވަކިކޮށް ފަހުން އޭނާ ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް އައްޔަން ކުރައްވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ