އިންޑިއާގެ ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ރާއްޖޭގެ ފަވަރަ ނިޒާމު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގުޅާލެވޭނެ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ހާމަކުރައްވައިފިއެވެ.
މާލީ ދާއިރާ ކުރިއެރުވުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އިފްތިތާހު ކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، އެ ބޭންކުގެ މަގްސަދަކީ ހުރިހާ ރައްޔިތުންނަށްވެސް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
މި ދެ ނިޒާމު ގުޅާލުމުގެ މަޝްވަރާތައް ކުރިއަށްދާކަން މީގެ ކުރިން ޖޫން މަހު އެމްއެމްއޭއިން ހާމަކޮށްފައިވާއިރު، އަންނަ އަހަރުގެ މެދެއްހާ ތަނުގައި މި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި ބަދަލާއެކު އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތު ލިބި، އޮންލައިންކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތައް މިހާރަށްވުރެ އަވަސްވެފައި ރައްކާތެރިވާނެއެވެ.
ފަވަރަ ނިޒާމަކީ މިހާރުވެސް ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް އޮތް ނަމަވެސް، އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭގޮތަށް ފަރުމާކޮށްފައިވާ ފަސޭހަ ނިޒާމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ