މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރި އަހްމަދު ޝަމާހް ރަޝީދު އެ މަގާމުން އިއްޔެ ވަކިކުރިއިރު އޭނާއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން ޝަމާހު ވަކިކޮށްފައި ވަނީ އެ މަގާމަށް އޭނާ އައްޔަންކުރިތާ ފަސް މަސްވެސް ނުވަނީހެވެ. އޭސީސީން މިއަދު ބުނީ ޝަމާހުގެ ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޝަމާހު އަކީ މި ސަރުކާރުން މިފްކޯގެ ސީއީއޯގެ މަގާމަށް އެންމެ ފުރަތަމަ ހަމަޖެއްސި ބޭފުޅާއެވެ. އެ މަގާމުގައި ހުންނެވިއިރު ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވުނެވެ. އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ސަސްޕެންޑުވެސްކުރިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި